އިންތިހާއަށް
ލޯބިވީމެވެ..
" އަހަރެން ކޯހަށް ދިޔައީ ފޮނި
އުންމިދުތައް ކުރަމުންނެވެ. ދަސްވެނިމުމަށްފަހު އަހަރެންގެ މީހަކަށް ޔަޝްމީ ހަދަން
އަޒުމުކޮށް ގެންނެވެ. އެކަމަކު މިފަސްގަނޑަށް ފައި ބީހުމާއެކު އެއުފާތަށްވަނީ
އެހެން މީހެއްގެ އަތުގައިކަން ކަށަވަރު ވެއްޖެއެވެ. ދަސްވެނިމުމާއެކު ހަޔާތުގެ
ނިމުންވެސް އައީއެވެ. ޔަޝްމީ ޝާދަވިލޭރޭތަކުގައި ކުރި ވަޢުދުތަކާއި އަޙުދުތައް
ފުއްދާނީ ދެން ކިހިނެއް ހެއްޔެވެ؟ މަހުޝަރު ދުވަހުންވެސް އަހަރެން ޔަޝްމީއަކަށް
މަޢާފެއް ނުކުރާނަމެވެ. ޔަޝްމީގެ ތިޔަ ބޭވަފާތެރިކަން ދުވަހަކުވެސް އަހަރެން
ހަނދާނެއް ނުނެތޭނެއެވެ. އެކަމަކު ތިޔަ ހުރީ އަހަރެންނާއި އެންމެ ގާތުގައެވެ.
އެހެނަސް އެންމެ ދުރުގައެވެ." އިލްފުގެ މިހަރުކަށި ބަސް ތަށް ޔަޝްމީގެ
ކަންފަތުގައި ގުގުމާލަ ގުގުމާލަ ހުއްޓެވެ. އެވަގުތު އޭނާގެ ގާތުގައި ހަމަހިމޭން
ކަމުގެ ތެރޭގައި ނިދީގެ ފޮނި މީރުކަން ހާސިލް ކުރަމުންދާ ފަރުހާނުގެ މޫނަށް
ބަލައިލިއެވެ. އެހިނދު ޔަޝްމީ ގެ ކަޅުކުލަ ގަދަ އެސްފިޔަ ތަކުގެ ތެރެއިން
ފޫއަޅުވާލައި ފައި އައިސް މޫތީތަކެއް ފަދަ އެކަރުނަތިކި ތަށް ޔަޝްމީގެ ކޯތާފަތް
މައްޗަށް އޮހިގަތެވެ. އަދި އޭނާގެ ހަނދާނަށް އަންނަން ފެށީ އޭނާގެ ހަޔާތުގައި ހިރަފުސް
އަރާފައިވާ އޭނާގެ ހަޔާތުގެ މާޒީގެ ފަތްތުށްތަކެވެ.
ޔަޝްމީއާއި އިލްފު ފުރަތަމަވެސް ދިމާވީ އެދެމީހުންވެސް ކިޔަވަމުން ދިޔަ ކޮލެޖުންނެވެ. ފުރަތަމަ ފެނިލުމުން ވެސް ދެމީހުންގެ ހިތުގެ ތެރޭގައި އެކަކު އަނެކަކަށް ލޯބީގެ ވިންދުޖަހަން ފެށިއެވެ. ނޭނގޭ ޖަދުވީ އިޙްސާސްތަކަކުން ދެމިހުންވެސް ކަސްތޮޅު އެޅި ރަނގަޅަށް ހައްޔަރުވިއެވެ. ދެމީހުންވެސް އެކަކު އަނެކަކުގެ ސޫރަ ދެކެލުމަށް ހިތް ކެއްތެރިކަމެއް ނެތި އެދެންފެށިއެވެ. ދެމިހުންނަށް ވެސް ލޯތްބޭމިކިޔާ އިޙްސާސް އެކަކު އަނެކަކަށްޓަކައި ކުރެވެންފެށިއެވެ.
މަދުދުވަސް ކޮޅެއްގެ ތެރޭގައި ދެހަށިގަނޑު ވެސް އެއްފުރަނައަކަށް ބަދަލު
ވެގެން ދިޔައެވެ. ލޯބީގެ ޝާހިލްތަކަށް ގޮސް އެތަކެއް ވަޢުދުތަކާއި އަޚުދުތަކެއް
ވިއެވެ. އިލްފު ޔަޝްމީދެކެ އަމިއްލަ ނަފްސަށްވުރެވެސް ލޯބިވިއެވެ. ދުވަހަކުވެސް
ޔަޝްމީއާއި ދުރުގައި ހުރުމަށް އިލްފުގެ ހިތެއް ނޭދެއެވެ. ނަމަވެސް އިލްފަށް ޔަޝްމީއާއި ދުރަށްދާން ޖެހުނެވެ.
އާއެކެވެ. އިލްފަށް ރާއްޖެއިން ބޭރަށްދާން މަޖުބޫރުވިއެވެ. އެއީ އިލްފު
ކުޑައިރަށްސުރެ ދެކެމުން އައި ހުވަފެން ތަކުގައި ކުލަޖަށްސައި ހަޤީގަތަކަށް ހަދަން
ވެގެންނެވެ.
ދުވަސްތަށް ދިޔައީ މާޒީގެ ފަރުދާއާއި ކެހިނިވައި ވަމުންނެވެ. ޔަޝްމީވެސް
އޭނާ ކިޔަވަމުން ދިޔަ ކޯސް ނިއްމާލައިފައި ވަޒީފާއަށް ވަނެވެ. އޭނާ މަސައްކަތްކުރަމުން އައި އޮފިހުން
އާރަހުމަތްތެރި އެއް ލިބުނެވެ. އެއީ ފަރުހާނެވެ. ފަރުހާނަކީ ކޮންމެ އަންހެން
ކުއްޖެއްގެވެސް ހިތް ދަމައިގަންނަފަދަ ރީތި ހަށިގަނޑެއްގެ ވެރިއެކެވެ. އެހާމެ
އޯގާތެރި އަހުލާޤު ރަނގަޅު ފިރިހެން ވަންތަކަން ހުރި ޒުވާނެކެވެ. ފަރުހާނައި
ޔަޝްމީއާއި ދެމެދު އޮންނަ ގުޅުމަކީ ރަޙުމަތްތެރި ކަމަށް ވުރެ މާ ގާތްގުޅުމުކެވެ.
ފަރުހާނުގެ ފަރާތުން ޔަޝްމީއަށް ލިބެމުން ދިޔަ އޯގާތެރިކަމާއި އަޅާލުމުގެ ސަބަބުން
ޔަޝްމީ ހިތުން ދިޔައީ އޭނާގެ ލޯބިވެރިޔާ އިލްފުގެ މަތިން ދިޔައީ ޔަޝްމީގެ އެއްވެސް
އިޙްތިޔާރަކާއި ނުލައި ދިޔައީ ހަނދާން ނެތެމުންނެވެ.
ދުވަސްތަށް މާޒީގެ ފަރުދާއާއި ކެހި ނިވައިވަމުން ދިޔައެވެ. ޔަޝްމީގެ
ހިތުގައި މިހާރު ބިންވަޅު ނެގިފައި ވަނީ ފަރުހާނުގެ ނަމެވެ. އޭނާގެ ހިތުގެ ރާޖާގެ
މަގާމުގައިވަނީ ފަރުހާނެވެ. ޔަޝްމީ ދެކެމުން އައި ހުރިހާ ހުވަފެން ތަކެއްގައި
ކުލަޖެހުނީ ފަރުހާނު ޔަޝްމީ ގާތު ކައިވެންޏަށް އެދުމުންނެވެ.
ރެއަކީ ދެލޯބިވެރިންގެ ހަޔާތުގައި އަންނާނެ އެންމެ އުފާވެރިރެއެވެ.
އާއެކެވެ. އެރެއަކީ ޔަޝްމީ އާއި ފަރުހާނު ކައިވެނީގެ އަގުމާތް ގުޅުމުން ގުޅާލެވޭ
ރެއެވެ. ކައިވެނީގެ ހަފްލާ އޮތީ ދަރުބާރު ގޭގައެވެ. ހުރިހާ މެހެމާނުން ވެސް ދިޔައީ
ފަރުހާނަށާއި ޔަޝްމީއަށް މަރުހަބާ ކިޔަމުންނެވެ. ކުއްލިއަކަށް ޔަޝްމީގެ ލޮލުގައި
އަޅައިގަތީ ފަރުހާނުގެ ކުރިމަތީގައި ހުރި އިލްފަށެވެ. އާއެކެވެ. އެއީ ހަމަ
އެމޫނެވެ. މީގެ 9 މަސް ކުރިން އޭނާގެ ހިތުގައި ރަސްކަންކުރަމުން ދިޔަ ރާޖާއެވެ.
ފަރުހާނު ޔަޝްމީއަށް އިލްފު ތަޢާރަފު ކޮށް ދިނެވެ. އެވަގުތު ހީވީ ޔަޝްމީގެ
ފައިތިލަ ދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. ވާނީވެސް އެހެންތާއެވެ.
ފަރުހާނަކީ އިލްފު ގެ އެއްބަނޑު އެއްބަފާ ކޮއްކޮއެކެވެ. ޔަޝްމީހުރީ ބުނާނެ
އެއްޗެއްނޭނގި ދޫބަންދުވެފައެވެ. އިލްފު ޔަޝްމީ އާއި އެކީ ބިނާކުރަމުންދިޔަ ލޯބީގެ
ގަނޑުވަރު ކުޑަހިނދުކޮޅެއްގެ ތެރޭގައި ދިޔައީ ވެއްޔާ މޮޑެވިގެންނެވެ. އަދި
ޔަޝްމީދެކެވީ ލޯބި ނަފުރަތަށް ކުޑަ ސިކުންތު ކޮޅެށްގެ ތެރޭގައި ބަދަލުވެގެން
ދިޔައެވެ.
ކުއްލިއަކަށް މިޙިޔާލުން ޔަޝްމީއަށް ނިކުމެވުނީ ފަތިސްނަމާދު
ބަންގިގޮވުމުންނެވެ. ޔަޝްމީގެ ދެލޯވަނީ ރަތްވެފައެވެ. ޔަޝްމީ އެހެން މީހެއްގެ
ހައްޤަކަށް ވެހުރެވެސް އިލްފާމެދު ވިސްނެމުންދިޔައީ އޭނާގެ އެއްވެސް އިޙްތިޔާރަކާ
ނުލައެވެ. ޔަޝްމީއަކީ ބޭވަފާތެރިއެއްކަން އޭނާ އަމިއްލައަށްވެސް ޤަބޫލު ކުރެއެވެ.
އެކަކު ދެމީހަކަށް ހިތްދީ އިންތިހާއަށް ލޯބިވާވަރުވެސް މިއަދު އެނގިއްޖެއެވެ.
ޔަޝްމީ ފަރުހާނުދެކެވެސް އިލްފު ދެކެވެސް އިންތިހާއަށް ލޯބިވެއެވެ.
=ފާތިމަތު ސަމާ=
No comments:
Post a Comment